ރާއްޖެ ރިޒޯޓް ލީގް – އަމިއްލަ މޯލްޑިވްސް އަތުން ޖޯލި ބީންގްއަށް އުނދަގޫމޮޅެއް!
ޔޫޝައު ހަސަން | 29 ޖުލައި 2025

ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގެ ތިންވަނަ ބުރު ބ ޒޯންގެ 5 ވަނަ މެޗްގައި އަމިއްލަ މޯލްޑިވްސް އަތުން ހަނި ގޮތަކަށް ޖޯލި ބީންގް މޮޅުވެއްޖެއެވެ.

އަމިއްލަ މޯލްޑިވްސްގައި ކުރިއަށް ދާ މި މުބާރާތުގެ 05 ވަނަ މެޗަކީ މުބާރާތުގެ ބ ޒޯންގައި މިހާތަނަށް އެންމެ ވާދަވެރިކޮށް ހަމަހަމަކޮށް ފެނިގެން ދިޔަ މެޗްވެސް މެއެވެ.

މި މެޗްގެ ސެޓްތައް ވަރަށް ހަމަހަމަކޮށް ދިޔަ ނަމަވެސް ފަހު ވަގުތު އަމިއްލަ މޯލްޑިވްސްއަށް ހެދުނު ބައެއް ގޯސްތަކުންނާއި ޖޯލި ބީންގް ގެ ރަނގަޅު ނިންމުން ތަކުން އެ ޓީމުން ވަނީ މެޗްގެ ސެޓްތައް ކާމިޔާބުކޮށްފައެވެ.

އެގޮތުން ޖޯލި ބީންގް އިން މި މެޗްގެ ސެޓްތައް ގެނައީ، 26 – 24، 25 – 23، އަދި 25 – 27 އިންނެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޖޯލި ބީންގެ ޖަރސީ ނަމްބަރު 06 އިޔާން އަލީއެވެ.

މުބާރާތުގެ ބ ޒޯންގައި ޖުމުލަ 4 ޓީމަކުން ވާދަކުރާ އިރު އެ ޓީމުތަކަކީ އަމިއްލަ މޯލްޑިވްސްގެ އިތުރުން ޖޯލި މޯލްޑިވްސް ޖޯލި ބީންގް އަދި މިލައިދޫ މޯލްޑިވްސްއެވެ.

މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:

  • ދެކުނު މާލެ ލީގު
  • އުތުރު މާލެ ލީގު
  • ބ. ލީގު
  • އއ. ލީގު

މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.

 

ގުޅުންހުރި ލިޔުންތައް