ވޮލީބޯޅަ އެކަޑަމީ އޮފް މޯލްޑިވެްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރިޒޯޓުތައް 4 ރޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރާއްޖެ ރިޒޯޓް ވޮލީބޯޅަ ލީގެ ތިންވަނަ ބުރު ބ ޒޯންގެ ހަތަރު ވަނަ މެޗްގައި މިލައިދޫގެ މައްޗަށް ޖޯލި ބީންގް އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އަމިއްލަ މޯލްޑިވްސްގައި ކުރިއަށް ދާ މި މުބާރާތުގެ 4 ވަނަ މެޗް ސީދާ ތިން ސެޓުން ޖޯލި މޯލްޑިވްސް ހޯދި އިރު މުޅި މެޗްވެސް އެ ޓީމުން ކުޅެފައިވަނީ އިތުބާރާއެކު ފަސޭހަކޮށެވެ.
މެޗްގެ ސެޓްތައް ޖޯލި މޯލްޑިވްސްއިން ކާމިޔާބު ކުރީ، 25 – 17، 25 – 13 އަދި 25 – 15 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޖޯލި ބީންގެ ޖަރސީ ނަމްބަރު 03 މަހޭޝް އެވެ.
މުބާރާތުގެ ބ ޒޯންގައި ޖުމުލަ 4 ޓީމަކުން ވާދަކުރާ އިރު އެ ޓީމުތަކަކީ އަމިއްލަ މޯލްޑިވްސްގެ އިތުރުން ޖޯލި މޯލްޑިވްސް ޖޯލި ބީންގް އަދި މިލައިދޫ މޯލްޑިވްސްއެވެ.
މި މުބާރާތް 4 ޒޯނަކަށް ބަހާލައިގެން ކޮންމެ ޒޯނަކުންވެސް ވަކި އަދަދަކަށް ޓީމުތައް ފައިނަލް ބުރަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދާއިރު މުބާރަތް ބަހާލެވިފައިވާ ޒޯން ތަކަކީ:
- ދެކުނު މާލެ ލީގު
- އުތުރު މާލެ ލީގު
- ބ. ލީގު
- އއ. ލީގު
މީގެ ތެރެއިން ދެކުނު މާލެ ލީގު އަދި ބ. ލީގުގެ ޗެމްޕިއަން ފައިނަލް ބުރަށް ކޮލިފައިވާއިރު އުތުރު މާލެ ލީގުން އަދި އއ ލީގުން ފައިނަލް ބުރަށް ކޮލިފައިވާނީ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. މި ޓީމުތަކަށް 2025 ވަނަ އަހަރުގެ ރިސޯޓް ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވާއިރު، އެއީ ނޮކްއައުޓް އުސޫލުން ކުޅެވޭނެ މުބާރާތެކެވެ. އަދި މި ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމަކީ 2025 ވަނަ އަހަރުގެ މޯލްޑިވްސް ރިސޯޓް ވޮލީ ލީގުގެ ޗެމްޕިއަނެވެ.