ކާވާ ޗެމްޕިއަންސް ލީގު – ކިރިގިސްތާނުގެ ބިޝްކެކް އިން ރާއްޖޭގެ އެޗްޑީސީ ބަލިކޮށްފި
ޔޫޝައު ހަސަން | 19 ޖުލައި 2025

މި މަހުގެ 17 އިން 23 ގެ ނިޔަލަށް މާލޭގައި ކުރިއަށް ދާ ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗްގައި ހަމަހަމަ ވާދަވެރި ކުޅުމަކަށްފަހު ކިރިގިސްތާނުގެ ޗެމްޕިއަން ބިޝްކެކް އިން ރާއްޖޭގެ ރަނަރަޕް އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށްފިއެވެ.

ބިޝްކެކް އަތުން ތިން ސެޓުން ބަލިވި ނަމަވެސް މެޗްގެ ދެވަނަ ސެޓްގައި އެޑީސީގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ދާދި ހަމަހަމަކޮށް ދިޔަ މި މެޗްގެ ސެޓްތައް ބިޝްކެކް އިން ކާމިޔާބު ކުރީ 25 – 27، 25 – 24 އަދި 25 – 20 އިންނެވެ.

ކާވާ ޗެމްޕިއަންސް ލީގުގައި ބިޝްކެކް އަދި އެޗްޑީސީ ބައްދަލު ކުރި މެޗްގެ ތެރެއިން- ފޮޓޯީ/ކާވާ

މި މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބްއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ މުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެފްއައިވީބީގެ ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމަށް ދިވެހި ޓީމުތަކަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށް ކަމުގައި ވީއޭއެމްގެ ރައީސް އަދި ކާވާގެ ރައީސް ލަތީފް ވަނީ ވިދާޅުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް