ދަރިންގެ ހަރަދު ނުދޭ މީހުންގެ ވަނަވަރު ފެމެލީ ކޯޓުން އާންމުކުރަން ފަށައިފި
ޔޫޝައު ހަސަން | 17 ޖުލައި 2025

ދަރިންގެ ހަރަދުގެ ގޮތުގައި ކޯޓަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ބައްޕައިންގެ ވަނަވަރު ފެމެލީ ކޯޓުން އާންމުކުރަން ފަށައިފިއެވެ.

މި އަހަރުގެ ކުރީ ކޮޅުން ފެށިގެން ރާއްޖޭގެ ބައެއް ކޯޓުތަކުން އެފަދަ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރަމުން އަންނަ އިރު ދަރީންގެ ޚަރަދަށް އިހުމާލުވެ، އެ ފައިސާ ނުދެއްކުމަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ކަނޑައަޅައި އެފަދަ ފަރާތްތަކުގެ މައުލޫމާތު  ހާމަކުރުމުގެ ހުއްދަ އާއިލާއާ ބެހޭ ގަވައިދުގެ ދަށުން ދީފައި އޮވެއެވެ.

އެގޮތުން ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން  އިއްޔެ ފެމިލީ ކޯޓުން ވަރަނަވަރު އާންމުކޮށްފައި ވަނީ އައިޑީކާޑް ނަމްބަރު, A075539, އަޙްމަދު އަލީއެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަ ތަކުގައި ހަރަދު ނުދޭކަމަށް ކަނޑައަޅާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރަމުން ގެންދާނެ ކަމުގައި ފެމިލީ ކޯޓުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް