ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި ފަސޭހަކަމާއެކު އެޗްޑީސީގެ މައްޗަށް ކުރި ހޯދައި ގައުމީ ތަށްޓާއެކު 2025 ވަނަ އަހަރުގެ މުޅި ސީޒަންގެ ހުރިހާ ތަށްޓެއް ދިވެހި ސިފައިންގެ ކްލަބުން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ކުރިއަށް ދިޔަ ފައިނަލް މެޗްގައި ދިވެހި ސިފައިންގެ ކްލަބުގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮއްސައި ވާއިރު ފުރަތަމަ ސެޓްގެ ކުރީކޮޅުގައްޔާއި އަދި ތިން ވަނަ ސެޓްގައި އެޗްޑީސީގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ކަން ފާހަގަކޮށްލެވެއެވެ.
އެހެން ނަމަވެސް ޖުމުލަކޮށް މުޅި މެޗްގައި ސިފައިން މޮޅަށް ކުޅުނު އިރު މެޗް ކާމިޔާބުކުރުމަށް ސިފައިންގެ ފަރާތުން މާބޮޑު ޕްރެޝަރ އެއް ފެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މެޗްގެ ސެޓްތައް ސިފައިން ގެނެއްސައިވަނީ، 25 – 21، 25 -14 އަދި 25 – 26 އިންނެވެ.
އަހަރުގެ ސީޒަންއަކީ ސީޒަންގެ ހުރިހާ ތަށްޓެއް ސިފައިން ކާމިޔާބުކުރި ދެވަނަ ސީޒަންކަންވެސް ފާހަގަކޮށްލެވެއެވެ.
ރޭގެ މެޗަށް ފަހު މުބާރާތުގެ ގޯލްޑް ޕްލެޔަރުންނަށް އިނާމު ހަވާލުކޮށްފައި ވާއިރު މުބާރާތުގެ ގޯލްޑް ޕްލެޔަރުންގެ ގޮތުގައި ހޮވިފައިވާ ދިވެހި ކުޅުންތެރިންނަކީ، ހުސައިން ރަޒާން (ޑީއެސްސީ)، ހުސެއިން ޝާހިދު (ޑީއެސްސީ)، އިސްމާއިލް ސާޖިދު (އެޗްޑީސީ) އެވެ. އަދި ގޯލްޑް ޕްލެޔަރުންނަށް ހޮވުނު ބިދޭސީ ކުޅުންތެރިންނަކީ، ޖިރާލްޑޯ (އެޗްޑީސީ)، ލުއިޒް (ޑީއެސްސީ) އަދި ޗިރާގު ޔާދަވް (ޑީއެސްސީ) އެވެ. އަދި އެންމެ މޮޅު ކޯޗަކީ، ޑީއެސްސީ ޓީމުގެ ޖުނައިދު އަބްދުﷲ (މާމަ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީ ޓީމުގެ ޗިރާގު ޔާދަވްއެވެ.